ދެހާސް ތޭވީސް ވަނަ އަހަރު ރާއްޖޭގެ ރަައީސް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމަށް ޕީޕީއެމްއިން ބުނެފި އެވެ.
ޕީޕީއެމްގެ ނުވަ ވަނަ އަހަރީ ދުވަހާ ގުޅިގެން ނެރުނު ތަހުނިޔާ މެސެޖުގައި އެ ޕާޓީން ބުނީ، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ސީދާ އަމާޒަކީ 2023 ވަނަ އަހަރު ރައީސަކަށް ޔާމީން ގެނައުން ކަމަށެވެ. ރާއްޖެއަށް އުމްރާނީ ގޮތުންނާއި އިގްތިސޯދީ ގޮތުން އެންމެ ބޮޑު ބަދަލުތަކެއް އައީ ޔާމީންގެ ފަސް ދައުރުގެ ވެރިކަމުގައި ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރީ ވެސް އެޕާޓީން ކަމަށް ތަހުނިޔާގެ މެސެޖުގައި ވަނީީ ބުނެފަ އެވެ. އަދި ޔާމީންގެ ބެއްލެއްވުމުގެ ދަށުން އުފެއްދި ޕީއެންސީއާއެކު ކޯލިޝަން ހަދައި ސަރުކާރު ޒިންމާދާރުކޮށް ރައްޔިތުންގެ އަޑު އަހައި އެ އަޑުތަށް ސަރުކާރުގެ މަތީ ފަރާތްތަކަށް އިއްވާކަމަށް ވެސް ތަހުނިޔާގެ މެސެޖުގައި ބުންޏެވެ.
އަދި ބުނީ ޕީޕީއެމްގެ އެންމެ މައިގަނޑު މަސައްކަތަކަށް ވަނީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި އިސްލާމްދީން އަދި ގައުމިއްޔަތު ހިފެހެއްޓުން ކަމަށެވެ އަދި އެއީ ޕާޓީގެ ލީޑަރު ޔާމީނުގެ އަމާޒުކަމަށް ވެސް ވަނީ ތަހުނިޔާގެ މެސެޖުގައި ވަނީ ބުނެފަ އެވެ.
ޕާޓީގެ އަހަރީ ދުވަހުގެ ހަރަކާތްތަށް ފާހަގަ ކުރަން ބޭނުން ވިިޔަސް ކޮވިޑް-19 އާ ގުޅިގެން އެ ހަަރަކާތްތަށް ފަސްކޮށްފައިވާ ކަމަށާއި، އެކަމަކު އަހަރީ ދުވަހުގެ ހަރަކާތްތަށް ކުލަގަދަކޮށް ފާހަގަ ކުރުން ކުރިއަށް އޮތް ތަނުގައި އޮންނާނެ ކަމަށް އެ މެސެޖުގައި ވަނީ ބުނެފަ އެވެ.
ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ޔާމީނަށް ވަނީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އާއި ޕީއެންސީއިން ދެކޭ ގޮތުގައި އެއީ ނުހައްގުން ޔާމީންގެ ސިޔާސީ ހަޔާތް ބަރުބާދު ކުރުމުގެ ނިޔަތުގައި ޖުޑޝަރީ އަށް ނުފޫޒު ފޯރުވައިގެން މި ސަރުކާރުން ކުރި ހުކުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް