ފުރަބަންދަށް ލުއި ލިބޭނީ ރިސްކޮ ލޯ ވާ ވަރަށް ކޭސްތައް ދަށަށް ދިޔައިމަ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވީ ފުރަބަންދަށް ލުއި ދިނުމުގެ ކަންތައް އިތުރަށް ކުރިއަށް ގެންދާނީ ރިސްކު ލޯ ވާވަރަށް ދަށަށް ގޮސް، އެގޮތުގައި ދުވަސްކޮޅަކު ހިފެހެއްޓުނީމަ ކަމަށެވެ.
މިހާރުގެ ތަޖުރިބާއަށް ރިޔާޢަތްކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ މާލޭގައި ވެސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށާއި ކޮންޓްރޯލު ކުރަން ވަރަށް ގިނަ ދުވަސް ނަގަމުންދާ ކަމަށެވެ.
" އެއްފަހަރު ކޮންޓްރޯލު ވާއިރު، އިތުރު ވޭވް އެބަ އާދޭ. މިގޮތަށް ގިނަ ރަށްރަށުގައި އެއްފަހަރާ ފެތުރެން ފަށައިފިނަމަ، ރެސްޕޯންޑް ކުރުމުގައި ދަތިތަކެއް އަންނާނެ." ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮންޓެކްޓުގެ ތެރެއިން އެކަނި ކޭސްތައް ފެންނަ ނަމަ، އެއޮތީ ކޮމިއުނިޓީ ޓްރާންސްމިޝަނަކުން ލޯކަލް ޓްރާންސްމިޝަންއަކަށް ބަދަލުވެފައި ކަމަށެވެ. އަދި އެހެން އޮންނަ ހާލަތެއްގައި ޕޮޒިޓިވް މިވަނީ ޕޮޒިޓިވް މީހާގެ ކޮންޓެކްޓުންގެ ތެރެއިން ކަމަށެވެ.
ބޮޑަށް އަންނަނީ ޖުމްލަ ކޭސްއަށް ވުރެ، މާލޭގައި އުޅޭ ކޭސްތަކުގެ ޢަދަދު ކަމަށާއި ޓޫރިޒަމް ހުޅުވާލާފައިވާ އިރު، ބަލަނީ ޓޫރިޒަމާ ގުޅޭ ސީދާ ކޭސްތައް އެކަނި ނޫން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިބަލަނީ މާލެ ތެރޭގައި ކޮމިއުނިޓީ ޓްރާންސްމިޝަން އޮތް މިންވަރު ކަމަށާއި ހަމައެކަނި ވިސްނަންޖެހޭނީ ކޭސްތަކުގެ ޢަދަދު ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް