ދަރަނި އަނބުރާ ހޯދަން ގޭންގުތަށް ބޭނުންކުރާތީ ކަންބޮނޑުވޭ

ދެ މީހެއްގެ މެދުގައި ވޭވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން، އެ ދަރަނީ ހޯދުމަށް ދަރަނި ދިން ފަރާތުން ގޭންގުތަަށް ބޭނުން ކުރާތީ ކަންބޮނޑުވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމ...

27 Oct 2020 | 08:30

ދެ މީހެއްގެ މެދުގައި ވޭވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން، އެ ދަރަނީ ހޯދުމަށް ދަރަނި ދިން ފަރާތުން ގޭންގުތަަށް ބޭނުން ކުރާތީ ކަންބޮނޑުވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ އިފްލާސް ވުމާއި އިފްލާސް ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އެ ބިލްގައި ވަކިވަކި ޝަހްސުންގެ ބައި ހިމެނިފައި އޮއްވައި ކުންފުނިތައް ހިމެނިފައި ނެތުމާއި ގުޅިގެންނެވެ.

މެމްބަރުންގެ ކަންބޮނޑުވުންތަކާ ގުޅިގެން ނަޝީދު ވިދާޅުވީ، ދަރަންޏެއް ނުވަތަށް ދޭން ޖެހޭ އެއްޗެއް ނުދީ އޮވެގެން، އެ އެއްޗެއް ނުވަތަ އެ ދަރަންޏަކަށް ވާ ފައިސާ ހޯދުމަށް ބައެއް ފަހަރު ދަރަނި ދިން ފަރާތުން ގޭންގުތަކުގެ އެހީ ހޯދާކަމަށާއި، އަދި އެއީ ކަންބޮނޑުވާން ޖެހޭ ވަރުގެ ބޮޑު މައްސަލައެއް ކަމަށެވެ.

"ދަރަންޏެއް ނުވަތަ ދޭން އޮތް އެއްޗެއް އެއް ބަޔަކަށް ހީވެގެން ނުވަތަ ފެނިގެން، ނިންމިގެން، އެ އެއްޗެއް ހޯދުމަށް ގޭންގުތައް ބޭނުންކުރުން، މި އިފްލާސްގެ ގާނޫނުގައި އެބަ އާދޭ އޭޖެންސީ އެއް. ދެން އެ އޭޖެންސީ އަކީ މިހާރު ރާއްޖޭގެ ގޭންގުތަކުގެ ގޮތުގައި ފެންނަމުންދާ ދިއުން އެއީ ކަންބޮޑުވުމެއް، ބޮޑު ކަންބޮޑުވުމެއް" ނަޝީދު ވިދާޅުވި އެވެ.

ދަރަނި އަނބުރާ ހޯދުމަށް ގޭންގުތަކުގެ އެހީ ހޯދާކަމަށް ނަޝީދު ވިދާޅުވިއިރު، އިއްޔެ ދޯންޏެއް ގަތް މުއާމަލާތަށް ފަހު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ތޫނު ހަތިޔާރާއެކު ދޯންޏަށް އެރި ހާދިސާ ފާހަގަކުރެއްވުމަށް ފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް