ލޯނު އަދާނުވިޔަސް ހަރުމުދާ އަތުލަން ޗައިނާ ނާންނާނެ: ނަޝީދު

ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ދަރަނިތަށް މީގެ ކުރިން ޝެޑިއުލްކޮށްފައިވާ ގޮތަށް ނުދެއްކޭނަމަ އެކަން ސަރުކާރުން ސާފުކޮށް ބުނަން ޖެހޭ ކަމަށާއި، އޭރުން އެ ގައުމުތަކުން މަޝްވަރާކުރަން އަޔަސް ހަރުމުދާ...

27 Oct 2020 | 07:38

ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ދަރަނިތަށް މީގެ ކުރިން ޝެޑިއުލްކޮށްފައިވާ ގޮތަށް ނުދެއްކޭނަމަ އެކަން ސަރުކާރުން ސާފުކޮށް ބުނަން ޖެހޭ ކަމަށާއި، އޭރުން އެ ގައުމުތަކުން މަޝްވަރާކުރަން އަޔަސް ހަރުމުދާ ބަލާ ނާންނާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން މަޖިލީހުން އެކުލަވާލި ރިޕޯޓުގެ ބަހުސްގައި މެމްބަރުންނަށް ފުރުސަތު ދެއްވުމުގެ ތެރޭގައި އަދި ކޮމިޓީގެ މުގައްރިރުގެ ކަމުގައި ހުރެ ނަޝީދު ވިދާޅުވީ، މަޖިލީހުން ސަރުކާރަށް ލަފާ ދެއްވަނީ ކުރިން ޝެޑިއުލްކޮށްފައިވާ ޝެޑިއުލާ އެއްގޮތަށް ދަރަނި ނުދެއްކޭނަމަ އެކަން ގައުމުތަކަށް އަންގަން ކަމަށެވެ އޭރުން އެ ގައުމުތަކުން އަންނަނީ މަޝްވަރާ ކުރަން ކަމަށާާއި، ގައުމުގެ ހަރުމުދާ ބަލައި ނާންނާނެ ކަމަށެވެ.

"ބޭންކްތަކަށް މިއޮތީ ދެ ގޮތް، އެއްގޮތަކީ ހަރުމުދާ އަނބުރާ ދެހެރޭ، އެ ބަލާ އައުން، ދެން އަޅުގަނޑު ދެކޭ ގޮތުގައި ހަރުމުދާ ބަލައެއް ޗައިނާގެ ކޮމާޝަލް ބޭންކަކުން އައުމަށް އޮތް ޖާގައެއް ފުރުސަތެއް އަދި މި ވަގުތަކު އެއީކީއެއް ވެދާނެ ކަމެއްގެ ގޮތުގައެއް ނުފެނޭ"  ނަޝީދު ވިދާޅުވި އެވެ.

ނަޝީދަކީ އާންމު ގޮތެއްގައި ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތަަކަކީ ދަންތުރައެއް ކަމަށާއި އެ ނުދެއްކިއްޖެނަމަ ރާއްޖޭގެ ރަށްތަށް ޗައިނާއިން އަތުލާނެ ކަމަށް ވިދާޅުވާ ބޭފުޅެކެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ނަޝީދުގެ ރާގު ކުއްލިއަކަށް ބަދަލުވި ސަބަބު ކަމަށް ބެލެވެނީ ދަރަންޏާ ބެހޭ ގޮތުން އެކުލަވާލި ރިޕޯޓުގައި ބަޔާންކޮށްފައިވާ ރިކޮމެންޑޭޝަންތަށް ކަމަށްވުން އެކަށީގެންވެ އެވެ.

ދަރަންޏާ ގުޅޭ ގޮތުން މަޖިލީހުން އެކުލަވާލި ރިޕޯޓަކީ، ދައުލަތުން ނަގާފައިވާ ލޯނުތަށް އަނބުރާ ދެއްކުމުގައި އަމަލުކުރާގެ ގޮތާއި، އަދި މިހާރު ހުރި ދަރަނިތަށް މެނޭޖް ކުރުމަށް ކުރަން ހަމަޖެހިފައިވާ ކަންތައްތަކާއި އަދި ދަރަނި މެނޭޖް ކުރުމުގެ ގޮތުން ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތަކެއް ހިމެނޭ ރިޕޯޓެކެވެ. އެ ރިޕޯޓުގައި ދައުލަތުން ނަގާފައިވާ ގިނަ ލޯނުތަކުގެ ތަފްސީލީ މައުލޫމާތު ވަނީ ހިމަނާފަ އެވެ. މިދިޔަ އޮގަސްޓު މަހުން ފެށިގެން މަޖިލީހުން ދިޔައީ މި ރިޕޯޓާ ގުޅުން ހުރި ޖަލްސާތަށް ބާއްވައި މިނިސްޓަރުން ހާޒިރުކޮށް ސުވާލުކޮށް އަދި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުންތަށް ވެސް ބާއްވާފަ އެވެ.

އެ ރިޕޯޓު ފާސްކުރުމުގެ ޖަލްސާ އޮތް ދުވަހު ނަޝީދު އެ ރިޕޯޓާ ހާވާލާދީ ވިދާޅުވެފައިވަނީ ރާއްޖެއިން ނަގާފައިވާ ގިނަ ލޯނުތަކަށް ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ހަތަރު އަހަރު ބޭނުންވާ ކަމަށާއި އަދި ދައުލަތުގެ ޖުމްލަ އަދަދަކީ 172 ބިލިއަން ރުފިޔާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް