ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް ގެ ނަމުގައި ސިޔާސީ ޕާޓިއެއް އުފެއްދުމުގެ ހުއްދަ ދީފި

ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ. އީސީން މިއަދު ބުނީ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމަށް ދޫކުރަން ޖެހޭ ހުއްދަ އެ ޕަޓީ...

27 Oct 2020 | 07:22

ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

އީސީން މިއަދު ބުނީ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމަށް ދޫކުރަން ޖެހޭ ހުއްދަ އެ ޕަޓީއަށް ދީފައިވާ ކަމަށެވެ.

އެ ޕާޓި އުފެއްދުމަށް ހުއްދަ ދީފައިވަނީ މާލެ. ގ. އަތަ، ޔޫސުފް މާނިއު މުހައްމަދަށެވެ.

ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުން ތިން މަސްދުވަހުގެ ތެރޭގައި އެ ޕާޓީން 3،000 މެމްބަރުންގެ ސޮއި ހަމަ ކުރަން ޖެހޭނެ އެވެ. އަދި މުއްދަތު ހަމަވުމުގެ ކުރިން ތިން ހާސް މީހުންގެ ސޮޔާއި އެކު ޕާޓީ ރަޖިސްޓްރީ ކުރަން ހުށަ ނާޅައިފި ނަމަ ޕާޓީ އުފެއްދުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ވާނެ އެވެ.

ޕާޓީ ރަޖިސްޓްރީވުމާއި އެކު ޕާޓީ އުފައްދަން ބާއްވަން ޖެހޭ ޖަލްސާ ބާއްވަން ޖެހެ އެވެ.

https://twitter.com/ElectionsMv/status/1320987110887747584

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް