މެޖިސްޓްރޭޓު ޝުކޫރު ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފި އެވެ. ޖޭއެސްސީއިން ޝުކޫރުގެ މައްސަލަ ބަލަމުންދާތީ ފަނޑިޔާރުކަމުނ...

27 Oct 2020 | 07:06

ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފި އެވެ.

ޖޭއެސްސީއިން ޝުކޫރުގެ މައްސަލަ ބަލަމުންދާތީ ފަނޑިޔާރުކަމުން އޭނާ ވަކިކުރެއްވިއިރު ހުންނެވީ ސަސްޕެންޑުގަ އެވެ. ސަސްޕެންޑު ކުރީ އިއްޔެ ޖޭއެސްސީއިން ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޝުކޫރު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީއިން ފޮނުވީ، ފަޑިޔާރެއްގެ މަގާމެއްގައި ހުރެގެން ކޮށްގެން ނުވާނެ ކަމެއް ކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ޖޭއެސްސީއަށް ބަލައިދިނުމަށް ފޮނުވުމުން އެ މައްސަލައިގައި ލިބިފައިިވާ ހެކިތަކަށް ރިއާޔަތް ކޮށެވެ.

އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީ ބެލި މައްސަލަތަކަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކަށް ވޯޓު ހޯދައި ދިނުމަށް މަސައްކަތް ކުރުމާއި، ގއ. ކޮލަމާފުށިން ޓެރަރިޒަމްގެ ތުހުމަތެއްގައި ހަައްޔަރުކުރި ބައެއް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ކުރިން ޝަރީއަތުގެ މަޖިލީހުން ބޭރުގައި، އެ މީހުންގެ ބަންދާ މެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާ ކުރެއްވި މައްސަލަ އެވެ.

އިއްޔެގެ ޖުޑިޝަރީ ކޮމިޓީގައި ޝުކޫރު ސަސްޕެންޑު ކުރަން ނިންމުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ފާޑުވިދާޅުވެފަ އެވެ. އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓަކު ބުނި ގޮތުގައި ޝުކޫރު މައްސަލަ ބަލަނީ ކޮންމެހެން އޭނާ މަގާމުގައި ހުރެ ކޮށްގެން ނުވާނެ ކަމެއް ކުރުމުން ނޫން ކަމަށެވެ. ޖޭއެސްސީއިން އެ މައްސަލަ ބަލަނީ އިދިކޮޅު ކޮންގްރެސްގެ އެޑްވައިޒަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ރަނިން މޭޓު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ އާއިލީ ބޭފުޅަކަށް ވުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް