ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ބަދަލު އޭޖީ އޮފީހަށް ފޮނުވައިފި

ސިޔާސީ ޕާޓީތަކަށް ގެންނަ ބަދަލުތަަށް އިލެކްޝަން ކޮމިޝަން (އީސީ)އިން އެޓާނީ ޖެނަރަލްގެ އޮފީސް (އޭޖީ) އަށް ފޮނުވައިފި އެވެ. ޕާޓީތަކުގެ ގާނޫނާށް ގެންނަން ފެންނަ ބަދަލުތަކާމެދު އީސީއިން ވަނީ ޕާޓީތަކާ ބައް...

27 Oct 2020 | 06:47

ސިޔާސީ ޕާޓީތަކަށް ގެންނަ ބަދަލުތަަށް އިލެކްޝަން ކޮމިޝަން (އީސީ)އިން އެޓާނީ ޖެނަރަލްގެ އޮފީސް (އޭޖީ) އަށް ފޮނުވައިފި އެވެ.

ޕާޓީތަކުގެ ގާނޫނާށް ގެންނަން ފެންނަ ބަދަލުތަކާމެދު އީސީއިން ވަނީ ޕާޓީތަކާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފަ އެވެ. އަދި އެ މަޝްވަރާތަކުގެ އަލީގައި ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކެއް އޭޖީ އޮފީހަށް ފޮނުވީ އިއްޔެ އެވެ.

އީސީއަށް ޕާޓީތަށް ސަސްޕެންޑު ކުރުމުގެ ބާރު ދިނުމަށް އެންމެ ފުރަތަމަ ހުށަހެޅި އިސްލާހުގައިވެ އެވެ. ނަމަވެސް އެކަމާ ހިޔާލު ތަފާތުވުމުގެ ސަބަބުން މިހާރު އީސީއިން ޕާޓީތަކަށް ގެންނަ ބަދަލުގެ ޑްރާފުޓު އޭޖީ އޮފީހަށް ފޮނުވީ، ޕާޓީތަށް ސަސްޕެންޑު ކުރުމުގެ މާއްދާ ނުހިމަނަ އެވެ. އެ މައްދާ ޑްރާފުޓުގައި ނުހިމެނޭކަން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފުވަނީ ކަށްވަރުކޮށްދެއްވާފަ އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ސިޔާސީ ޕާޓީތަށް ގަވާއިދާ ހިލާފުވުމުން އަދަބެއްގެ ގޮތުގައި ޖޫރިމާނާ ކުރެވޭނެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގެ ޑްރާފްޓު މަޖިލީހަށް ހުށަހަޅާނީ އޭޖީ އޮފީހުން އެއާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް