އިންޑިއާގައި އެންމެ އިތުބާރު ކުރާ އަދި އެންމެ އިހުތިރާމް ކުރާ ސަހުޝިއްޔަތަކީ އަމީތާބު

އިންޑިއާގައި އާންމުންގެ މެދުގައި އެންމެ އިތުބާރު ކުރާ ސަހުޝިއްޔަތަކީ ބޮލީވުޑްގެ އެންމެ ކާބިޔާބު ތަރި އަމީތާބް ބައްޗަން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. އިންޑިއާގައި އާންމުންގެ މެދުގައި މަގުބޫލު ސަ...

27 Oct 2020 | 06:26

އިންޑިއާގައި އާންމުންގެ މެދުގައި އެންމެ އިތުބާރު ކުރާ ސަހުޝިއްޔަތަކީ ބޮލީވުޑްގެ އެންމެ ކާބިޔާބު ތަރި އަމީތާބް ބައްޗަން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިންޑިއާގައި އާންމުންގެ މެދުގައި މަގުބޫލު ސަހުޝިއްޔަތުތަކާއި ބެހޭ ގޮތުން ކުރި މިި ދިރާސާ ކުރިޔަށް ގެންދިޔައީ އިންޑިއަން އިންސްޓިޓިއުޓް އޮފް ހިއުމަން ބްރޭންޑްސް އިންނެވެ. މި ދިރާސާ ކޮށްފައިވަނީ އިންޑިއާގެ 23 ސިޓީއެއްގެ 60،000 މީހުން ބައިވެރިކޮށްގެންނެވެ.

މި ދިރާސާގެ ނަތީޖާ ދައްކާގޮތުން ދިރާސާގައި ބައިވެރިވި 88 ޕަސެންޓު މީހުންނަށް އިންޑިއާގެ މަޝްހޫރު ސަހުޝިއްޔަތުތަކުގެ ތެރެއިން އެންމެ އިތުބާރު ކުރެވޭ މީހަކީ އަމީތާބެވެ. ދެވަނަ 86 ޕަސެންޓާއި އެކު އަކްޝޭ ކުމާރަށް ލިބުނު އިރު ތިން ވަނަ ލިބިފައިވަނީ 83 ޕަސެންޓާއި އެކު އިންޑިއާގެ އަންހެން ކްރިކެޓް ކުޅުންތެރިޔާ މިތާލީ ރާޖް އާއި ދިޕިކާ ޕަދުކޯން އަށެވެ.

އަމީތާބް ވަނީ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން އިހުތިރާމް ކުރާ މީހާގެ މަގާމުވެސް ހޯދާފައި އެވެ. އެގޮތުން ވޯޓުގައި ބައިވެރިވި 90 ޕަސެންޓު މީހުން އެންމެ އިހުތިރާމް ކުރާ ސަހުޝިއްޔަތަކީ އަމީތާބެވެ.

އެންމެ ގަޔާވާ ސިފަތަކެއް ހުންނަ ސަހުޝިއްޔަތެއްގެ ގޮތުގައި ހޮވިފައިވަނީ 90 ޕަސެންޓުން އާލިއާ ބަޓެވެ. އޭނާ އާއި އެންމެ ވާދަ ކޮށްފައިވަނީ ރިތިކް ރޯޝަން އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީ އެވެ.

ވިރާޓް ވަރަށް ގިނަ ކެޓަގަރީތަކުން ވާދަ ކޮށްފައިވާއިރު އޭނާ އާއި އަންހެނުން އަނުޝްކާ ޝަރްމާ ވަނީ ވޯޓުގައި ބައިވެރިވި މީހުން އެންމެ އިތުބާރު ކުރާ ދެމަފިރިންގެ ގޮތުގައި ހޮވިފައި އެވެ. އާންމުން އެންމެ އިހުތިރާމު ކުރާ ދެމަފިރިންގެ ގޮތުގައި ހޮވިފައިވަނީ ރަންވީރު ސިންގް އާއި ދިޕިކާއެވެ.

މި ވޯޓުގައި އިތުރު ކެޓަގަރީތަކުން ފާހަގަކޮށްލެވޭ މަގާމުތައް ލިބުނު މީހުންގެ ތެރޭގައި ކަރީނާ ކަޕޫރު، ރަންބީރު ކަޕޫރު، އަޔޫޝްމަން ކުރާނާ، ކެޓްރީނާ ކެއިފް، އެމްއެސް ދޯނީ، ވިކީ ކައުޝަލް، ސަޗިން ތަންޑުލްކަރް އަދި ހާދިކް ޕާންދިޔާ ފަދަ ފާހަގަ ކޮށްލެވޭ ފަރާތްތައް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް