ކަންނެލި ދޯންޏަށް ތޫނު ހަތިޔާރާއި އެކު އެރި ތިން މީހުން ހައްޔަރުކޮށްފި

ލ. އަތޮޅުގައި އެންވެރިކަން ކުރަން އޮތް ކަންނެލި ދޯންޏަކަށް ތޫނު ހަތިޔާރާއި އެކު އެރި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ. އިއްޔެ ރޭ ހިނގި މި ހާދިސާގައި ތޫނު ހަތިޔާރާއި އެކު އެ ދޯ...

27 Oct 2020 | 05:26

ލ. އަތޮޅުގައި އެންވެރިކަން ކުރަން އޮތް ކަންނެލި ދޯންޏަކަށް ތޫނު ހަތިޔާރާއި އެކު އެރި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އިއްޔެ ރޭ ހިނގި މި ހާދިސާގައި ތޫނު ހަތިޔާރާއި އެކު އެ ދޯންޏަށް 30 މީހުން އެރި ކަމަށްވެ އެވެ. އެއްވެސް ހަމަލާއެއް ދިނުމެއް ނެތި އެ ގްރޫޕުން ދޯނީގެ ކެޕްޓަނަށް އަންގާފައިވަނީ ލ. ގަމު ފަޅަށް ދޯނި ވެއްދުމަށެވެ.

ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ ގްރޫޕު ދޯންޏަށް އެރި ކަމަށް ވަނީ ދޯނީގެ ވެރި ފަރާތުން އަންގައިގެންނެވެ. މީގެ ދެ އަހަރު ކުރިން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ވިއްކާފައިވާ ކަމަށް ވެރި ފަރާތުން ބުނާ އެ ދޯންޏަށް ގްރޫޕެއް ފޮނުވީ ދޯނި ގަތުމަށް ފަހު ބަރާބަރަށް ފައިސާ ނުދައްކާތީ ކަމަށް ވެ އެވެ.

މިކަމާއި ގުޅިގެން ޖާބިރު ވިދާޅުވީ ޖާބިރު ނުވަތަ އޭނާގެ ކުންފުންޏަކުން ގަތް ދޯންޏެއް ކަމަށް ބުނާ ނަމަ އެކަމުގެ އެއްބަސްވުން ވެރި ފަރާތުން ދައްކަން ޖެހޭނެ ކަމަށެވެ. އަދި މީހެއްގެ އަތުން ދޯންޏެއް ފޭރިގަނެފައި ނުވާނެ ކަމަށާއި އެކަން ހިނގާދިޔަ ގޮތެއް ބަލާނެ ކަމަށް ވިދާޅުވި އެވެ.

ޖާބިރު އަތުން ދޯނި ގަތް ކަމުގެ އެއްބަސްވުމެއް އެ ދޯނީގެ ވެރި ފަރާތުން ދައްކާފައި ނުވއިރު އެމީހާ ބުނީ ޖާބިރަށް ދޯނި ވިއްކީ މަހުން މަހަށް ބަހައިގެން ފައިސާ ދައްކާގޮތަށް ހަތް މިލިއަން ރުފިޔާއަށް ކަމަށެވެ. އެކަމަކު މިހާތަނަށް ޖާބިރު ދެއްކީ ހަތް ލައްކަ ރުފިޔާ ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް