ޖަވާބުދާރީވުމަށް އިމްރާނަށް މިއަދު ނޯޓިސް ފޮނުވާނެ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންއިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި މަޖިލީހަށް ޖަވާބުދާރީވާން ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު ފޮނުވާނެ ކަމަށް...

27 Oct 2020 | 05:04

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންއިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި މަޖިލީހަށް ޖަވާބުދާރީވާން ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު ފޮނުވާނެ ކަމަށް މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވަނީ 11 މެމްބަރުންގެ ސޮޔާއެކުގަ އެވެ. އިދިކޮޅު ކޯލިޝަންގައި ތިއްބަވަނީ ނުވަ މެމްބަރުންނެވެ. މައްސަލަ ވައްދަން ބޭނުންވާ އިތުރު ދެ ސޮއި ކޮށްފައިވަނީ މަޖިލީހަށް އަމިއްލަ ގޮތުން ހޮވިފައިވާ ދެ މެމްބަރުންނެވެ. ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ، އިމްރާނުގެ އިތުބާރު ނެތްކަމަށް ފެންނަކަަމަށް އެމްޑީޕީގެ މެމްބަރުން ވޯޓުލާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައިފިނަމަ އެ މިނިސްޓަރަކަށ 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހޭނެ އެވެ އަދި އެ މައްސަލައެއް މަޖިލީހުގައި އެޖެންޑާ ކުރެވޭނީ  14 ދުވަސް ފަހުންނެވެ. މިނިސްޓަރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ 44 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.

މިނިސްޓަރު އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އިދިކޮޅުން ވެއްދީ، ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ އަނިޔާކުރި މައްސަލައެއް ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދައްކަން އުޅުނުމުންނާއި މަރާަލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާނުގެ މަރުގެ މައްސަލައާ ކުރީގެ ރައީސް އަބްދުﷲ ޔަމީން ގައްޔޫމްއާ ގުޅުން އޮތްކަމަށް ބުނެ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް