ލ.ގަމު ތުނޑީ އަވަށުގައި މިހާރު ކުރިޔައްދާ ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެނަޖް 2020 ގެ ފައިނަލްގެ ދެވަނަ ޖާގަ ކަންމަތި ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
ކަންމަތި ސްޕޯޓްސް ކުލަބް ފައިނަލަށް ދަތުރުލުރީ ރޭ ކުޅުނު ސެމީފައިނަލް ގެ ދެވަނަ މެޗުގައި އައުޓްރީފް ސްޕޯޓްސް ކުލަބާއި އާއި ވާދަކޮށް 3-10 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ.
ރޭގެ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި ކަންމަތި ސްޕޯޓްސް ކުލަބާއި އައުޓްރީފް ސްޕޯޓްސް ކުލަބު ބައްދަލުކުރި މި މެޗުގައި ކަންމަތި ސްޕޯޓްސް ކުލަބުން މޮޅު ކުޅުމެއް ދެއްކި އިރު، އައުޓްރީފްގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ދައް ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން އައުޓްރީފް ކޮޅަށް ކަންމަތީން ވަނީ ގިނަ އަދަދެއްގެ ލަނޑުތަކެއް ވެސް ޖަހާފައެވެ.
މި މެޗުން މޮޅުވެ ކަންމަތި ސްޕޯޓްސް އިން ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރިއިރު، އެޓީމުގެ ލަނޑުތަށް ޖަހައިދީފައިވަނީ އަލީ ހާފިޒް 7 ލަނޑު، އިބުރާހީމް އަސްވަދް 2 ލަނޑު އަދި އަލީ ޝާމިޒް 1 ލަނޑެވެ.
އަދި އައުޓްރީފް އަށް މި މެޗުގައި ލަނޑުތަށް ޖަހައިދިނީ ހަސަން ނިމާސް އާއި ޒައިދަން އަބްދުﷲ އަދި އަޙުމަދު ޞަބާޙްއެވެ. މި އިން ކޮންމެ ކުޅުންތެރިޔަކު ވެސް ވަނީ އެއް ލަނޑު ކާމިޔާބު ކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަންމަތި ސްޕޯޓްސް ކުލަބުގެ ޖާޒީ ނަމްބަރ 9 އަލީ ހާފިޒްއެވެ.
މި މުބާރާތުގެ ފައިނަލް ގައި ކަންމަތި ސްޕޯޓްސް ބައްދަލުކުރަން ޖެހޭނީ ރޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ގޯޅި ސްޕޯޓްސް ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދި
ޑީޑީއެފް ދި ޖެނެރޭޝަން އާއި އެވެ.
މި ދެޓީމަކީ ވެސް މި މުބާރާތުގެ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ ފައިނަލަށް ދަތުރު ކުރި ދެޓީމުކަން ފާހަގަ ކޮށްލަންޖެހެއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވާ ބުދަ ދުވަހުގެރޭ، މާދަމާ ރޭ ގަޑިން 20:30 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް