މިސްކިތުގެ ހުރުމަތް ކެނޑި މީހާ މުއްދަތު އިތުރު ކުރަން ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މިސްކިތުގެ ހުރުމަތް ކަނޑައިގެން ހައްޔަރު ކުރި މީހާ ދެވަނަ ވަނަފަހަރަށް މުއްދަތު ޖަހަން ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ. މި މައްސަލައިގަ ނައުޝާ މޫސާ ...

27 Sep 2026 | 09:13
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

މިސްކިތުގެ ހުރުމަތް ކަނޑައިގެން ހައްޔަރު ކުރި މީހާ ދެވަނަ ވަނަފަހަރަށް މުއްދަތު ޖަހަން ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

މި މައްސަލައިގަ ނައުޝާ މޫސާ ކިޔާ އެމީހާ މިމަހުގެ 10 ވަނަ ދުވަހު ހައްޔަރުކޮށް ފުރަތަމަ މުއްދަތު ޖެހީ 15 ދުވަހަށެވެ. އޭނާ މިފަހަރު ހައްޔަރު ކުރީ މިސްކިތުގެ ތެރެއަށް ގަޟާހާޖާ ކޮށްގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަރީއަތް ނިމެންދެން އޭނާ ހައްޔަރު ކުރަން ކޯޓުން އަމުރު ކުރީ އިއްޔެ ކަމަށެވެ.

މީގެ ކުރިންވެސް އޭނާ ވަނީ މިސްކިތަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައި އެވެ. އެފަހަރު ހައްޔަރު ކުރީ ހަތިމްތައް އުކާލައި ކަރަންޓު ބޯޑަށް ގެއްލުން ދިން މައްސަލައިގަ އެވެ.

އޭގެ ފަހުން، މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ވެސް ހައްޔަރުކުރި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަގުބޫލު ސަބަބެއް ނެތި މިދިޔަ ރޯދަ މަހު ރޯދަ ނުހިފައި ހުރުމުން ނައުޝާދުގެ މައްޗަށް ކުރި ދައުވާ ސާބިތުވުމުން ޖަލަށް ލާފައިވާ ކަމަށެވެ. އޭގެ އިތުރުން ވައްކަމުގެ މައްސަލަތަކުގައި ވެސް އޭނާގެ މައްޗަށް ދައުވާކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް