ބްރިޖު ހުރަސްކޮށް ފައިމަގުގައި ހުޅުލެއާ ހުޅުމާލެއަށް ދިއުން މަނާކަން ހަނދާން ކޮށްދީފި

ސިނަމާލޭ ބްރިޖު ހުރަސްކޮށް ފައިމަގުގައި ހުޅުމާލެއާއި ހުޅުލެއަށް ދިއުމަކީ މަނާ ކަމެއްކަން ފުލުހުން ހަނދާން ކޮށްދީފި އެވެ. ފުލުހުން ބުނީ 2018 ވަނަ އަހަރު ބްރިޖު ހުޅުވުން ދުވަހުން ފެށިގެން ބްރިޖު ހުރަސްކ...

27 Sep 2026 | 05:59
ބްރިޖުގައި ފައިމަގުގައި ދިއުން މަނާ ސަރަހައްދު ފާހަގަކޮށްފައި -- ފޮޓޯ: ޕޮލިސް

ބްރިޖުގައި ފައިމަގުގައި ދިއުން މަނާ ސަރަހައްދު ފާހަގަކޮށްފައި -- ފޮޓޯ: ޕޮލިސް

ސިނަމާލޭ ބްރިޖު ހުރަސްކޮށް ފައިމަގުގައި ހުޅުމާލެއާއި ހުޅުލެއަށް ދިއުމަކީ މަނާ ކަމެއްކަން ފުލުހުން ހަނދާން ކޮށްދީފި އެވެ.

ފުލުހުން ބުނީ 2018 ވަނަ އަހަރު ބްރިޖު ހުޅުވުން ދުވަހުން ފެށިގެން ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއަރޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކުރެވިފައިވާ ކަމެކެވެ.

ނަމަވެސް، ސިނަމާލެ ބްރިޖުގެ އެއަރޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް ފަރާތްތަކުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ބުނީ މިގޮތަށް އަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ސަރަހައްދުގައި "ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން" ހަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ބޯޑުތަކާއި ނިޝާންތައް ހުރަސްކޮށްދާ ފަރާތްތަކާމެދު މީގެ ފަހުން ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.

މި ފަހުން ދެ ބިދޭސީއަކު ވަނީ ފޮށިތަކާއި އަކު ބްރިޖު ހުރަސްކޮށް ހިނގާފައި އެއާޕޯޓަށް ދާން މަސައްކަތް ކޮށްފައި އެވެ. އެކަން ފުލުހުންގެ ސަމާލު ކަމަށް އައުމުން އެމީހުން ހުއްޓުވައި ނަސޭހަތްދީ، ޓެކްސީއެއް ހޯދަން އެހީތެރިވެދީ އެމީހުން ދާން ބޭނުންވާ މަންޒިލަށް ދިއުމަށް އެހީވެދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް