ރައީސްގެ ދެ ކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި

ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި އެވެ. ރައީސް އޮފީހުން ބުނީ ދެކަނބަލުން ފުރާ ވަޑައިގެންނެވީ ރޭ...

27 Sep 2026 | 04:07
ރައީސްގެ ދެ ކަނބަލުން -- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދެ ކަނބަލުން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ދެކަނބަލުން ފުރާ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައި ކަމަށެވެ.

މި ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅަކަށް ވާތީ ދަތުރުފުޅާއި ގުޅޭ މައުލޫމާތު އެ އޮފީހުން ހާމައެއް ނުކުރައްވަ އެވެ. އަދި ދަތުރު ފުޅުގެ މުއްދަތުވެސް ހާމައެއް ނުކުރެ އެވެ.

ރައީސްގެ ދެކަނބަލުން ދޭތެރެ ދޭތެރެއިން ނުރަސްމީ ދަތުރުފުޅުގައި ސިންގަޕޫރަށް ވަޑައިގެންނަވަ އެވެ. އެންމެ ފަހުން ނުރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންނެވީ މިދިޔަ މެއި މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް