ރާއްޖެއިން ކޯވިޑް-19 އަށް އިތުރު53 މީހުން ޕޮސިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ހަވީރު6:00 ގެ ނޔަލަށް މާލެއިން 47 މީހަކު އަދި އަތޮޅުތެރެއިން ހަ މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށެވެ.
ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ42 ދިވެހިންނާއި 11 ބިދޭސީންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން އެކަކު މިހާރު ފަރުވާ ދެމުން ދަނީ 1،210 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 83 މީހުންނަށެވެ.
ކޯވިޑުން މިިހާތަނަށް ރަނގަޅުވެފައިވަނީ 8،847 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ބަލި ޖެހިފައިވަނީ 10،098 މީހުންނަށެވެ. މި ބަލީގައި މަރުވެފައިވަނީ 34 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް