ސްވިޓްޒަލެންޑުގެ އެޑެލްވެއިސް އެއަރލައިން އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

ސްވިޓްޒަލެންޑުގެ އެޑެލްވެއިސް އެއަރލައިންސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި އެވެ. އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ މިއަދު ހަވީރު އެވެ. އެ އެއަރލައިނުން ރާއްޖެއަށް ކުރަމުން ...

27 Sep 2020 | 15:12

ސްވިޓްޒަލެންޑުގެ އެޑެލްވެއިސް އެއަރލައިންސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި އެވެ.

އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ މިއަދު ހަވީރު އެވެ.

އެ އެއަރލައިނުން ރާއްޖެއަށް ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑާލީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ނެވެ.

އެޑެލްވެއިސްގެ ސީދާ ދަތުރުތައް ސްވިޓްޒަލެންޑުގެ ޒިއުރިކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަފުތާއަކު 2 ފްލައިޓު ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި އެއަރލައިންގެ ވެބްސައިޓުން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ރާއްޖެ އައުމަށް ބުކިންގ ހެދޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

އެ ގައުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާކެޓަކަށްވާ އިރު، މިދިޔަ އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި ސްވިޓްޒަލޭންޑް ހިމެނެއެވެ.

މިދިޔަ އަހަރު އެޤައުމުން 33 ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް