ފަގީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މި މަހުގެ 29 ގެ ނިޔަލަށް އިތުރުކޮށްފި

ފަގީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މި މަހުގެ 29 ގެ ނިޔަލަށް އިތުރުކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ފުރުޞަތު ހުޅުވާލީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި...

27 Sep 2020 | 13:21

ފަގީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މި މަހުގެ 29 ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ފުރުޞަތު ހުޅުވާލީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ކަމަށެވެ.

ފަޤީރުންގެ ދަފުތަރު މުރާޖަޢާކުރުމަށް، ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވައިލީ ހުސްވި ޖުލައި މަހުގެ 06 ވަަ ދުވަހުން ފެށިގެން އެ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޝަރުތު ހަމަނުވާ ފަރާތްތަކުން ޝަކުވާއާއި ހުށަހަޅަންޖެހޭ ލިޔުންތައް [email protected] އަށް މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މެއިލް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް