ރާއްޖޭގެ ޖިނާއީ އަދުލްގެ ނިޒާމު ރަނގަޅު ކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތުން ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ޒިކުރާ މިސްކިތުގެ މަޝްރޫއުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓުގައި ޝަމީމް ވިދާޅުވީ ކުށް ކުރާ މީހުންނާއި، ކުށް ކުރުވާ މީހުންނާ، މިދެބައިވެސް ހަމައަކަށް އަޅުވާންޖެހޭ ކަމަށެވެ. އަދި އެއީ އެއްވަރަކަށް ޒިންމާވާންޖެހޭ ފަރާތްތަކެއް ކަމަށެވެ.
ޝަމީން ވިދާޅުވީ ކުރީގެ ބައެއް ވިސްނުން މިހާރު މިއުޅެނީ ދޫކޮށްލަން ކަމަށާއި، މިކަހަލަ ކަންކަން ކޮށްފަ ސަލާމަތެއް ނުވެވޭނެ ކަމަށެވެ.
ޒިކުރާ މިސްކިތް އިމާރާތް ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ދައުވާ ކުރަން ހަމައެކަނި ފޮނުވާފައިވަނީ ކުރީގެ މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރާއި އެމިނިސްޓްރީގެ އިސްވެރިއެއްގެ މަށްޗަށެވެ.
އެހެންނަމަވެސް، ޒިކުރާ މިސްކިތުގެ ކޮރަޕްޝަން އަމަލު ހިންގުމުގައި ތުހުމަތު ކުރެވޭ، އަދި ބަލަން ޖެހޭ އިތުރު ކަންތައްތަކެއް ހުރުމުން، އެފަރާތްތަކުގެ ތަހުގީގުތައް ހިންގުމަށް ޕީޖީ އޮފީހުން ލަފާދިފައި ވެއެވެ.
https://twitter.com/HuShameem/status/1310118983182376962
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް