"އާސަންދަ" މޮބައިލް އެޕްލިކޭޝަން ތައާރަފުކޮށްފި

"އާސަންދަ" ގެ ނަމުގައި އާސަންދަ ކުންފުނިން މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ. އާސަންދައިން ބުނީ މި އެޕް ދިވެހި ހުރިހާ ރައްޔިތުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ. މިފަދަ އެޕެއް ތައާރަފު ކުރުމުގެ...

27 Sep 2020 | 11:05

"އާސަންދަ" ގެ ނަމުގައި އާސަންދަ ކުންފުނިން މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.

އާސަންދައިން ބުނީ މި އެޕް ދިވެހި ހުރިހާ ރައްޔިތުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ. މިފަދަ އެޕެއް ތައާރަފު ކުރުމުގެ މަގުސަދަކީ އާސަންދަ ސްކީމްގެ ހިދުމަތް ދެ ފުށްފެންނަ ގޮތަށް ކުރިޔަށް ގެންދުން ކަމަށެވެ.

މި އެޕް މެދުވެރިކޮށް ޑޮކްޓަރު ލިޔެދެއްވާ ބޭސް ސިޓީ ބަލާލުމާއި ހޯދާފައިވާ ފަރުވާގެ ތަފްސީލް ބަލާލެވޭނެ އެވެ. އަދި ނުހޯދާ ހިދުމަތެއް ލިސްޓުކޮށްފައި ވާނަމަ އެޕް މެދުވެރިކޮށް ރިޕޯޓު ކުރުމުން އާސަންދައިން އެކަން ބަލައިދޭނެ ކަމަށް ބުނެ އެވެ.

އެޕް މެދުވެރިކޮށް ލިބެން ހުންނާނެ މައުލޫމާތުތަކަކީ ސިއްހީ ދުމަތްދޭ ތަންތަނުގައި ބޭނުންކުރާ "ވިނަވި" ޕޯޓަލް ބޭނުން ކުރާ ސިއްހީ ހިދުމަތްދޭ ތަންތަނުން ހޯދާފައިވާ ފަރުވާ އާއި ދޫކޮށްފައިވާ ބޭސް ސިޓީތައް ކަމަށް އާސަންދައިން ބުނެ އެވެ. އެ ކުންފުނިން ބުނީ ވަރަށް ކައިރި މުސްތަގުބަލެއްގައި އާސަންދައިގެ ހިދުމަތްދޭ ހުރިހާ މަރުކަޒެއްގައި "ވިނަވި" ޕޯޓަލް ބޭނުން ކުރަން ފަށާނެ ކަމަށް ބުނެ އެވެ.

މިވަގުތު މި އެޕް ޑައުންލޯޑު ކުރެވޭނީ ޕްލޭ ސްޓޯރުން އެކަންޏެވެ. އެކަމަކު ވަރަށް އަވަހަށް އައިއޯއެސް މެދުވެރިކޮށް ޑައުންލޯޑު ކުރެވޭގޮތް ހަދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް