އެންދަމަން ފޭބި މާޅެންދޫ މަސްވެރިއަކު މަރުވެއްޖެ

އެންދަމަން ފޭބި ނ. މާޅެންދޫ ދޯންޏެއްގެ މަސްވެރިއަކު މަރުވެއްޖެ އެވެ. ނިޔާވެފައިވަނީ އުމުރުން 56 އަހަރުގެ އަބްދުއް ރަޝީދު އަބްދުލް ގަފޫރެވެ. މާޅެންދޫ ކައުންސިލުން މީޑިއާގައި ބުނީ އެމީހާ މަރުވި އިރު ދޯނ...

27 Sep 2020 | 08:45

އެންދަމަން ފޭބި ނ. މާޅެންދޫ ދޯންޏެއްގެ މަސްވެރިއަކު މަރުވެއްޖެ އެވެ.

ނިޔާވެފައިވަނީ އުމުރުން 56 އަހަރުގެ އަބްދުއް ރަޝީދު އަބްދުލް ގަފޫރެވެ.

މާޅެންދޫ ކައުންސިލުން މީޑިއާގައި ބުނީ އެމީހާ މަރުވި އިރު ދޯނި އެންދަމަން އުޅުނީ މާލެ އަތޮޅުގައި ކަމަށެވެ.

އެމީހާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައި އެވެ.

އަދި ކަށު ނަމާދު މިއަދު އަސުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ކުރުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް