މިފްކޯއިން ކ. ކަނޑުއޮތްގިރީގައި މަސް ބަންދުކުރަން އަނެއްކާވެސް ނިންމައިފިއެވެ.
މިފްކޯ އިން ބުނި ގޮތުގައި ބަންދުކޮށްދިނުމުގެ ހިދުމަތް އަލުން ދޭން ނިންމީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބޮޑު ކަންނެލީގެ އިތުރުން ފަރުމަހުގެ ބާވަތްތައް ވެސް ބަންދުކޮށް ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތައް އިތުރު ކުރުމަށެވެ. އަދި އޭގެ ސަބަބުން މަސް އެކްސްޕޯޓު ކުރުމުގައި އާއްމުންގެ ހިއްސާ ބޮޑުވެ، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކަނޑުއޮތްގިރީގައި މީގެ ކުރިންވެސް މަސް ކިރުވައި، މަސްބަންދުކޮށް ހެދިއެވެ. ނަމަވެސް ޖެހުނު މައްސަލަތަކަކާ ހުރެ އެ ޚިދުމަތްތައް އެރަށުގައި މެދުކަނޑާލާފައިވާތާ މިހާރު ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.
ކަނޑުއޮތްގިރީގައި ބޮޑު ކަންނެއްޔާއި ފަރުމަސް ބަންދުކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައި، މިފްކޯއިން ވަނީ ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. އެގޮތުން މިފްކޯގެ ވެބްސައިޓު މެދުވެރިކޮށް ފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށާއި އެ ތަނުގައި ވަސީލަތް ހުރި މިންވަރަކުން ވީހާވެސް ގިނަ ފަރާތްތަކަކަށް ފުރުސަތު ދޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް