ޝުޖާއު ވިދާޅުވި އެއްޗަކުން ރޮޒައިނާ ރަތަށް !

އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވި އެއްޗަކުން، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ...

27 Sep 2020 | 06:04

އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވި އެއްޗަކުން، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ރުޅިގަނޑު ފަޅައިގެންގޮސްފިއެވެ.

މިހާވަރަށް ރޮޒޭނާ ރުޅި ގަދަވެފައިވަނީ ކޮޗިން-ކުޅުދުއްފުށި ފެރީއަށް ނިސްބަތްކޮށް، "މިއަދު ބޮޑު އާގުބޯޓެއް، މާދަން ކަނބަލުން ކައިރިއަށް އަންނާނީ މަތިމަސްލީ މީހުން" ކަމަށް ޝުޖާއު ވިދާޅުވުމުންނެވެ.

ރޮޒައިނާ ވިދާޅުވެފައިވަނީ ދިވެހި އަންހެނުންނަށް ނިސްބަތްކޮށް، މިފަދަ އެއްޗެހި ވިދާޅުވާކަން މީ ވަރަށް ދެރަ ކަމެއް ކަމަށާއި ކޮންމެ ކަމަކާ ގުޅުވާފަވެސް އަންހެނުން ނިކަމެތި ކޮށްލާކަމަށެވެ.

"ގޮތް ހުސްވެފަ ތިބި ބައެއް ކަމަށް ދޭހަވާގޮތަށް ބަސް ބުނުން ހުއްޓާލާ" ރޮޒައިނާ ވިދާޅުވެފައިވެއިވެއެއެވެ.

ސިޔާސީ ރައްދު ދޭއިރު އަންހެނުންނަށް އަމާޒުކުރައްވަނީ ކޮން ބޭނުމެއްގައިތޯވެސް ރޮޒައިނާ ސުވާލު ކުރައްވާފައިވެއެވެ.

https://twitter.com/Roxeyna/status/1310092415504531457

ރޮޒައިނާގެ މި ހޫނު ބަސްތަކަށް ލަސްތަކެއް ނުވެ ޝުޖާއުވެސް ވަނީ ރައްދު ދެއްވާފައެވެ.

ޝުޖާއު ވިދާޅުވެފައިވަނީ ސަރުކާރަށް ވަރަށް އަސަރުކޮށްފި ކަމަށާއި އަންހެނުންގެ ހައްގުތަކުގެ ވާހަކަ ދައްކާފަ ވެރިކަން ލިބުނީމަ އެންމެން ބައި ބަހައިގެން މުޅި ދައުލަތް ހުސްކޮށްލައިފިކަމަށެވެ.

"ކޮޗިން ފެރީއަކީ ބޮޑު ނުރައްކަލެއް، އެއާ ބަބަލްއިން އަންނާނީ ހަމަ އެކަހަލަ މީހުން، މި ރާއްޖޭގައި ދަރިފަސްކޮޅެއް ނޫފެއްދޭނެ، މޮޔަނުވެބަލަ" ރޮޒައިނާ ޓެގް ކުރައްވައި ޝުޖާއު ވިދާޅުވެފައިވެއެވެ.

https://twitter.com/shuja3831/status/1310093963815088128

ޝުޖާއު އިތުރަށް ވިދާޅުވެފައިވަނީ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްގެން މައްސަލަ ހުށަހެޅީމަ ރޮޒައިނާމެން ތިއްބެވީ ހަނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް