ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަޤާމަށް ރިޒުނާ ހަމަޖައްސައިފި

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް، މިހާރު ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ ހަމަޖައްސައިފިއެވެ. ޑީޖޭއޭއ...

27 Sep 2020 | 05:57

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް، މިހާރު ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ ހަމަޖައްސައިފިއެވެ.

ޑީޖޭއޭއަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީގެ) ދަށުން އުފައްދާފައިިވާ އިދާރާއެކެވެ. އެ އިދާރާގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއް އައްޔަން ކުރަން ޖެހޭ އިރު އެ މަގާމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވީ ޑރ. އަބްދުﷲ ނަޒީރެވެ. ނަމަވެސް ރިޒުނާއަށް ޑީޖޭއޭގެ ޗީފް އެޑްމިނިސްޓްރޭޓަރގެ މަގާމު ލިބުމާއެކު ޑރ. އަބްދުﷲ ނަޒީރަށް މަގާމް ގެއްލޭނެއެވެ.

މި މަގާމުގެ މުސާރައަކީ30،500 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި15،000 ރުފިޔާ އަދި ފޯން އެލަވަންސްގެ ގޮތުގައި މަހަކު2000 ރުފިޔާ ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް