ޓޫރިޒަމް މިން އަޅަން ފަށަންވީ އިގްތިސޯދީ ފައިދާ އިން: މިނިސްޓަރ މައުސޫމް

ޓޫރިޒަމް މިން އަޅަން ފަށަންވީ އިގްތިސޯދީ ފައިދާ އިން ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް ވުރެ މުހިންމީ އެމީހުން ރާއްޖޭގ...

27 Sep 2020 | 04:59

ޓޫރިޒަމް މިން އަޅަން ފަށަންވީ އިގްތިސޯދީ ފައިދާ އިން ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް ވުރެ މުހިންމީ އެމީހުން ރާއްޖޭގައި ހޭދަކުރާ ފައިސާ އާއި ހޭދަކުރާ މުއްދަތު ކަމަށެވެ.

ޓޫރިޒަމްގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޑރ. މައުސޫމް ވިދާޅުވީ ނަމްބަރަކީ މުހިންމު އެއްޗެއް ނޫން ކަމަށާއި އެ މީހުން ހޭދަކުރާ މުއްދަތު އަދި ހޭދަކުރާ ޑޮލަރުގެ އަދަދުގައި މާނަ އެބަހުރި ކަމަށެވެ.

މި އަހަރު ބާކީ މިއޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނަ ވެގެން ވެސް ރާއްޖެ އަންނާނީ ލައްކައެއްހާ މީހުން ކަމަށް ޑރ. މައުސޫމް ވިދާޅުވެފައިވާ އިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 16،000 ޓޫރިސްޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް