ބޮލީވުޑް ތަރިންނާއި ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައިގަ ބަތަލާ ދިޕިކާ ޕަދުކޯން މުމްބާއީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް ހާޒިރުކޮށް ކުރި ތަހުގީގަށް އެއްބާރުލުންދީ އެ ބިއުރޯއިން އެދޭފެ ފަދަ ޖަވާބުތަކެއް ދީފި އެވެ.
މި މައްސަލައި ދިޕިކާ އާއި އޭނާގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝް ތަހުގީގަށް ހާޒިރު ކުރީ އެއް ގަޑިއެއްގައި އެވެ. އަދި ދެމީހުންނާއި ތަހުގީގުގައި ސުވާލު ކުރީ އެއް ތަނެއްގައި ކައިރީގައި ބައިތިއްބައިގެންނެވެ.
އެންސީބީގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ ދިޕިކާ ތަހުގީގަށް ދިން ޖަވާބުތަކާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ލީކުވެގެން އުޅޭ ވަޓްސްއެޕް ޗެޓް ލޮގްތަކާއި ގުޅޭގޮތުން ދިޕިކާ ރަނގަޅު މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން އޭނާގެ މެނޭޖަރު ކަރިޝްމާއަށް ވަޓްސްއެޕުން މެސެޖުކޮށް މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހޭޝް އޮއިލް ހޯދުމަށް އެދުނު ކަމަށް އޭނާ އެއްބަސްވި ކަމަށްވެ އެވެ.
އަދި އެ ޗެޓް ލޮގްގައި "މާލް" މާނަކޮށްފައިވަނީ ހޭޝް އޮއިލްއަށް ކަމަށް ދިޕިކާ އެއްބަސްވެފައިވާ ކަމަށް ބުނެ އެވެ. ތަހުގީގަށް ޖަވާބުތައް ދިން އިރު ދިޕިކާއަށް އިނީ ރޮވިފައި ކަމަށްވެ އެވެ.
މަސްތުވާތަކެތީގެ މައްސަލައި ތަހުގީގަށް ހާޒިރުކޮށްފައިވާ އިތުރު ތަރިންގެ ތެރޭގައި ޝްރައްދާ ކަޕޫރާއި ސާރާ އަލީ ހާން ހިމެނެ އެވެ. އެކަމަކު މި ދެ ތަރިން ވަނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އިންކާރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް