ޖަރުމަން ބުންޑެސްލީގު: ލީގުގައި ކުޅުނު ދެވަނަ މެޗުން ޑޯޓްމުންޑް ބަލިވެއްޖެ

ޖަރުމަން ބުންޑެސް ލީގުގައި ރޭ އޯގްސްބާގާއި ދެކޮޅަށް ކުޅުނު މެޗުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިވެއްޖެއެވެ. އޯގްސްބާގުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޑޯޓްމުންޑް ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. މި މެޗ...

27 Sep 2020 | 03:36

ޖަރުމަން ބުންޑެސް ލީގުގައި ރޭ އޯގްސްބާގާއި ދެކޮޅަށް ކުޅުނު މެޗުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިވެއްޖެއެވެ.

އޯގްސްބާގުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޑޯޓްމުންޑް ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުން އައީ ޑޯޓްމުންޑުންނެވެ. ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް މެޗުގެ 40 ވަނަ މިނެޓުގައި އޯގްސްބާގުން ވަނީ ލަނޑުޖަހާ މެޗުގެ ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޑަނިއެލް ކަލިގިއުރީގެ އެހީއާއެކު މި ލަނޑު އޯގްސްބާގަށް ކާމިޔާބު ކޮށްދިނީ ފީލިކްސް އުޑުއޯޚައިއެވެ.

ފުރަތަމަ ހާފު ލީޑުގައި އޮވެ އޯގްސްބާގުން ނިންމާލިއިރު، ދެވަނަ ހާފަށް ކުޅެން ނިކުމެ އޯގްސްބާގުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ހާފުގެ ނުވަވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގައި ލީޑު ފުޅާކޮށްފައެވެ. ފްލޯރިއަން ނީޑަލެހްނާގެ އެހީއާއެކު މި ލަނޑު އޯގްސްބާގަށް ކާމިޔާބުކޮށްދިނީ ކަލިގިއުރީއެވެ.

މި ލަނޑަށް ފަހުވެސް މެޗު ނިމެން ދަނިކޮށް އޯގްސްބާގަށް ވަނީ ތިންވަނަ ލަނޑެއް ޖަހަން ވެސް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އަލްފްރޭ ފިންބޮގަސަނަށް ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ޑޯޓްމުންޑުގެ ގޯލްކީޕަރު ރޯމަން ބާކީ ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުޖެހި 0-2 ގައި އޯގްސްބާގުން ކުރީގައި އޮވެގެންނެވެ.

ރޭގެ މެޗުން ޑޯޓްމުންޑް ބަލިވިއިރު، މިއީ އެޓީމުން ލީގުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ވަނީ މޮޅުވެފައެވެ. އެގޮތުން ފުރަތަމަ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ލީގު ތާވަލުގެ 10 ވަނައިގައެވެ. އަދި އޯގްސްބާގް އޮތީ ކުޅުނު ދެމެޗުންވެސް މޮޅުވެ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކުއެވެ.

ލީގުގައި ދެން ޑޯޓްމުންޑް ކުޅޭ މެޗުގައި ނުކުންނާނީ ފްރެއިބާގާ ދެކޮޅަށެވެ. އަދި އޯގްސްބާގު ނިކުންނާނީ ރަށުން ބޭރުގައި ވުލްފްބާގްއާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް