ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މާދަމާ އަދި އަނެއް ދުވަހު ބާއްވާ އެ ޕާޓީގެ ގައުމީ ޖަލްސާގައި ކުރާނެ ބައެއް ކަންކަން އެ ޕާޓީން ހާމަކޮށްފިއެވެ.
އެގޮތުން އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕާޓީގެ އަސާސީ ގަވާއިދަށްބަދަލުގެނެސް ޕާޓީ ހިންގާ ގަވާއިދަށްވެސް ބަދަލުގެންނާނެކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ކައުންސިލާއި ކޮމިޓީތައް އިންތިހާބު ކުރުމުގެ އިތުރުން ޕާޓީގެ ރައީސަކާއި ޕާޓީގެ ނައިބު ރައީސަކާއި ޕާޓީގެ ކައުންސިލް ހޮވާނެކަމުގައިވެސް ޕީޕީއެމްއިން ބުނެއެވެ.
ޕީޕީއެމްގެ ގައުމީ ޖަލްސާ މާދަމާ ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު އެކަން ހުއްޓުވައިދިނުމަށްއެދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ސިވިލް ކޯޓަށް ވަގުތީ އަމުރަކަށްއެދި ހުށަހަޅާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް