އީސީއަށް ނުފޫޒު ފޯރުވާކަމަށް ބުނެ އެމްޑީޕީ ހަރުގެ ކައިރިއަށް މީހުން އެއްވަނީ

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން އެމްޑިޕީ ހަރުގެ ސަރަހައްދަށް އެއްވެއްޖެ އެވެ. އެއް...

27 Sep 2018 | 18:08

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން އެމްޑިޕީ ހަރުގެ ސަރަހައްދަށް އެއްވެއްޖެ އެވެ.

އެއްވެ ތިބި މީހުން ދަނީ ނަތީޖާ ގަބޫލު ނުކޮށް ޕީޕީއެމްއިން އިންތިހާބު ބާތިލު ކުރަން ހުށަހަޅަން އުޅޭ ކަމަށް ބުނަމުންނެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން އެކަމަށް މަގުފަހި ވާނެ ގޮތްތައް ބަލަމުންދާ ކަމަށެވ.

ރައީސް ޔާމީން އާއި ވާދަކޮށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިާބު ކުރެއްވީ 134،000 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީން ވަނީ އިންތިހާބު ނާކާމިޔާބުވިކަން ގަބޫލުކޮށް ބަލި ގަބޫލު ކުރިކަން އިއުލާނު ކުރައްވާފަ އެވެ.

އެކަމަކު ކުއްލިގޮތަކަށް ރޭ ޕީޕީއެމްއިން ވަނީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުން ފަސް ކޮށްދިނުމަށް އީސީގައި އެދިފަ އެވެ. އެކަމާ ގުޅޭގޮތުން އަދި ގޮތެއް ނުނިންމާއިރު އީސީގެ ރައީސް އަހުމަދު ޝަރީފް ރޭ ދުވަސްއަށް ވިދާޅުވީ އިއްތިހާބުގެ ނަތީޖާ ގާނޫނުގައިވާ މުއްދަތުގައި އިއުލާނު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް