ދެކުނަށް މޫސުން ގޯސްވެ، ޔެލޯ އެލާޓު ނެރެފި

މިހާރު ކުރަމުންދާ ވިއްސާރައިގަ ދެކުނު އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ފަސް އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި އެވެ. ޔެލޯ އެލާޓު ނެރެފައިވަނީ ލ. އތަޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮ...

27 Sep 2018 | 17:48

މިހާރު ކުރަމުންދާ ވިއްސާރައިގަ ދެކުނު އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ފަސް އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި އެވެ.

ޔެލޯ އެލާޓު ނެރެފައިވަނީ ލ. އތަޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށެވެ. އެއީ މިރޭ 9:30 ން މެންދަމު 1:30 އަށެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދަށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓް އޮފީހުން ބުނީ މި ހަފްތާ ބްނަދުގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އެހެންވެ ކަޑު ދަތުރު ކުރުމުގައި ސަމާލުވުމަށް ވަނީ އަންގާފަ އެވެ.

އެމްއެންޑީއެފުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގަ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މަގުތަކުގައި ފެންބޮޑުވެގެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާއިން ކުރަމުންދާ ކަމަށެވެ. މިދިޔަ ހަފްތާގައި ވަނީ ފުވައްމުލަކަށް ކުރި ވިއްސާރައިގަ ގޭގެއަށް ފެންވަދެގެންވެސް ސިފައިން ހަރަކާތްތެރިވެ ފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް