ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރި ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.
މިކަން ހާމަކޮށް ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހުގެ 10:00އަށް ހައި ކޯޓުގައި ޝެޑިއުލްކޮށްފައިވާކަމަށެވެ.
އެ އަޑުއެހުމުގައި ފާރިސް ދޫކޮށްލުމަށް އެދޭނެކަމުގައިވެސް މައުމޫން ހަމީދު ވިދާޅުވެފައިވެއެވެ. ފާރިސްގެ މައްޗަށް އެ މައްސަލަ ސާބިތުވާކަމަށް ހުކުމް ކޮށްފައިވައިވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް