ޕީޕީއެމްގެ ގައުމީ މަޖިލީސް ހުއްޓުވައިދިނުމަށް ނަދީމް އީސީގައި އެދިއްޖެ

ޕީޕީއެމްއިން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ މަޖިލީސް ހުއްޓުވައި ދިނުމަށް ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެ އެވެ. ނަދީމް ސޮއި ކުރައްވާ އިސީގެ ރައީ...

27 Sep 2018 | 07:13

ޕީޕީއެމްއިން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ މަޖިލީސް ހުއްޓުވައި ދިނުމަށް ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެ އެވެ.

ނަދީމް ސޮއި ކުރައްވާ އިސީގެ ރައީސް އަހުމަދު ޝަރީފަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ އެ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ ޕީޕިއެމްގެ އަސާސީ ގަވައިދުގެ 33 ވަނަ މާއްދާގެ ހ ގައި ވާފަދަ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށެވެ. އެ މާއްދާގައި ބުނެފައިވަނީ ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަން ވާނީ ކައުންސިލުން އެގޮތަށް ފާސްކޮށްގެންނެވެ.

ނަދީމްގެ ސިޓީގައި ވިދާޅުވެފައިވަގޮތުައި މިހާރު ޕީޕީއެމްގައި އޮތީ ސައްހަ ކައުންސިލެއް ނޫނެވެ. އެއީ މީގެ ފަސް އަހަރު ކުރިން އުފެއްދި ކައުނސިލްގެ މުއްދަތު މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް އުވިފައިވާތީ އެވެ.

އިތުރަށް ބުނެފައިވަނީ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ކައުންސިލް ބައްދަލުވުމެއް ބޭއްވޭނީ ރައީސްގެ ބެއްލެވުމުގެ ދަށުން ކަމަށް އަސާސީ ގަވައިދުގައި ބުނެފައިވާ ކަމަށެވެ. އެކަމަކު އަސާސީ ގަވައިދާ ހިލާފަށް ޕީޕީއެމްއިން އެޕާޓީގެ ރައީސް ވަކިކޮށްފައިވާތީ އެކަމުގެ ޝަކުވާ އީސީއަށް ހުށަހަޅާފައި އެވެ.

ނަދީމްގެ ސިޓީގައި އެދިފައިވަނީ ޕީޕީއެމްއިން ބާއްވަން އުޅޭ ހާއްސަ ގައުމީ ޖަލްސާ ކުރިޔަށް ނުގެންދިއުމަށް އަންގައި ދިނުމަށާއި ހުއްޓުވައިދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް