ބޮޑެތި ތުހުމަތު ކުރެވޭ 16 މީހެއްގެ ފައިގާ ޓެގު އަޅުވައިދޭން ވާނީ އެދިފައި: ޕޮލިސް

ބޮޑެތި ތުހުމަތު ތަކެއް ކުރެވޭ 16 މީހެއްގެ ފައިގާ، މޮނިކޮން އަމުރުގެ ދަށުން ޓެގު އަޅުވައިދިނުމަށް ކަމާއިބެހޭ ފަރާތްތަކުގައި އެދިފައިވާނޭ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ މި...

27 Sep 2017 | 13:48

ބޮޑެތި ތުހުމަތު ތަކެއް ކުރެވޭ 16 މީހެއްގެ ފައިގާ، މޮނިކޮން އަމުރުގެ ދަށުން ޓެގު އަޅުވައިދިނުމަށް ކަމާއިބެހޭ ފަރާތްތަކުގައި އެދިފައިވާނޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ 16 މީހެއްގެ ފައިގާ ޓެގު އެޅުވުމަށް އެދިފައިވާއިރު މާދަމައިން ފެށިގެން ޓެގު އަޅުވާނެ ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައިވާކަމަށެވެ.

ޝިފާން ވިދާޅުވީ ޓެގް އެޅުވުމަކީ ކުށްކުރުން އާންމުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ކުށް މަދު ކުރުމަށް ފުލުހުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި ޓެގް އަޅުވައި، އެ މީހުން މޮނީޓާ ކުރަން ނެރޭ އަމުރެކެވެ. އެ އަމުރަކީ ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ހައި ކޯޓުން ނެރޭ އަމުރެކެވެ. އެ އަމުރާ ޚިލާފްވެއްޖެ ނަމަ އެއީ ދޮޅު އަހަރުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް