މުންކަރާތްތައް ޢާއްމުވިވަރަކަށް ހުޅަނގުގެ ތާޢީދު ލިބޭނެ: އައްޝައިޚް ޙަސަންމޫސާ

އެޤައުމެއްގައި މުންކަރާތްތައް ޢާއްމުވިވަރަކަށް ހުޅަނގުގެ ތާޢީދު ލިބޭނެކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ. އައްޝައިޚް ޙަސަން މޫސާގެ ފޭސްބުކްޕޭޖުގަ...

27 Sep 2017 | 10:49

އެޤައުމެއްގައި މުންކަރާތްތައް ޢާއްމުވިވަރަކަށް ހުޅަނގުގެ ތާޢީދު ލިބޭނެކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

އައްޝައިޚް ޙަސަން މޫސާގެ ފޭސްބުކްޕޭޖުގައި މިއަދު ކުރެއްވި ސްޓޭޓަސްއެއްގައި ވިދާޅުވެފައިވަނީ އިސްލާމްދީނުގެ ޢަދުއްވުން އެދެނީ މުސްލިމުންގެ ތެރޭގައި ފާޙިޝް ޢަމަލުތަކާއި މުންކަރާތްތައް އިތުރުވުމަށްކަމަށެވެ.

"އިސްލާމްދީނުގެ ޢަދުއްވުން އެދެނީ މުސްލިމުންގެ ތެރޭގައި ފާޙިޝް ޢަމަލުތަކާއި މުންކަރާތްތައް އިތުރުވުމަށެވެ. އެޤައުމެއްގައި މުންކަރާތްތައް ޢާއްމުވިވަރަކަށް ހުޅަނގުގެ ތާޢީދު ލިބޭނެއެވެ" ޝައިޚް ގެ ސްޓޭޓަސްގައި ވެއެވެ.

ޝައިޚް ގެ ސްޓޭޓަސްގައި އިތުރަށް ވިދާޅުވެފައިވަނީ މިނިވަންކަމާއި، ޙައްޤުތަކުގެ ނަމުގައި ކުރާ ދަޢުވާތަކަކީ ހަގީގަތުގައި މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތައް ދޫކޮށްލުމަށް ގޮވާލާ ގޮވުންތަކެއްކަމަށެވެ.

ސޯޝަލްމީޑިއާގައި އެންމެފަހުން ވައިރަލް ވެގެންދިޔަ ޚަބަރަކީ ސައޫދީ ޢަރަބިއްޔާއަށް ތަފާތު ބަދަލުތައް އަންނަމުންދާކަމުގެ ޚަބަރުތަކެވެ. އެގޮތުން ސައޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ޤައުމީ ދުވަސް ފާހަގަކުރި އިރު ފިރިހެނުންނާއި އަންހެނުން މައްސުނިވެ ޑީޖޭ ހަދައި، ނަށާފައިވެއެވެ. އަދި މިފަދަ އެންމެހައި ފާޙިޝް ނުބައި ޢަމަލުތަކަށް ހުޅަނގުގެ އެކިއެކި ފަރާތްތަކުން މަރުޙަބާ ކިޔަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް