އުފަންދުވަސް ފާހަގަ ކުރުމަށް އަމީތާބު ރާއްޖެ އަންނަނީ !

އޮކްޓޯބަރު 11 އަކީ ބޮލީވުޑް މެގަ ސްޓަރ އަމީތާބު ބަޗަންގެ އުފަންދުވަސް ކަމުގައިވާއިރު އުފަންދުވަސް ފާހަގަ ކުރުމަށް އަމީތާބު އޭނާގެ އާއިލާއާއެކު ރާއްޖެ އައުމަށް ނިންމާފައިވާކަމަށް އިންޑިއާގެ ބައެއް ނޫސް...

27 Sep 2017 | 04:50

އޮކްޓޯބަރު 11 އަކީ ބޮލީވުޑް މެގަ ސްޓަރ އަމީތާބު ބަޗަންގެ އުފަންދުވަސް ކަމުގައިވާއިރު އުފަންދުވަސް ފާހަގަ ކުރުމަށް އަމީތާބު އޭނާގެ އާއިލާއާއެކު ރާއްޖެ އައުމަށް ނިންމާފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ، އިންޑިއާ ޓުޑޭ، މުމްބައި މިރާރ ފަދަ ނޫސްތަކުގައި މި ހަބަރު ޝާއިއު ކޮށްފައިވާއިރު ބުނެފައިވަނީ އަމީތާބު ރާއްޖެ އަންނަނީ އޭނާގެ އަންހެނުން ޖަޔާ ބަޗަން އާއި އެކުގައި ކަމަށެވެ. އަދި މި ދަތުރުގައި ދަރިން އަންނާނެ ކަމުގައި ބައެއް މީޑިއާތަކުގައި ލިޔެފައިވާއިރު ބައެއް މީޑީއާތަކުގައި ބުނެފައިވަނީ އައިޝްވާރިޔާ އަދި އަބީޝެކް ގެ ޝެޑިއުލް ބިޒީކަމުން ފަހަރެއްގައި މި ދަތުރުގައި ބައިވެރި ނުވެދާނެ ކަމަށެވެ.

މި އަހަރު އޮކްޓޯބަރުގައި އަމީތާބަށް 75 އަހަރު ފުރޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް