ޓޫރިޒަމް ދާއިރާގެ ޓެކްސް ނެގޭ ހަރަކާތެއް ހިންގާ ފަރާތްތަކުން، ޓޫރިޒަމް ދާއިރާނޫން އެހެން ދާއިރާއެއްގެ ޓެކްސް ނެގޭ ހަރަކާތެއް ހިންގާ ނަމަ، އެ ހަރަކާތެއް ނިސްބަތްވާ ދާއިރާއެއްގައި ރަޖިސްޓަރީކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވާކަމުގައި މީރާއިން ހާމަކޮށްފިއެވެ.
މީރާއިން ނެރެފައިވާ ޓެކްސް ރޫލިންގައިވާގޮތުން، ޓޫރިޒަމް ދާއިރާގައި ޓެކްސް ނެގޭ ހަރަކާތެއް ހިންގާ ފަރާތަކުން، ޓޫރިޒަމް ދާއިރާނޫން އެހެން ދާއިރާއެއްގެ ޓެކްސް ނެގޭ ހަރަކާތެއް ހިންގާ ނަމަ، ޖީ.އެސް.ޓީ ޤާނޫނުގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރުމަށް ލާޒިމުވާ ކަމަށް ކަނޑައަޅައިފައިވާ 1،000،000 (އެއް މިލިއަން) ރުފިޔާގެ ތްރެޝޯލްޑަށް ބެލުމެއްނެތި އެ ޓެކްސް ނެގޭ ހަރަކާތެއް ޓޫރިޒަމް ދާއިރާނޫން އެހެން ދާއިރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރަންޖެހެއެވެ.
އަދި، ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން މީރާގައި ޓޫރިޒަމް ދާއިރާގައި ޓެކްސް ނެގޭ ހަރަކާތްތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޓޫރިޒަމް ދާއިރާނޫން އެހެން ދާއިރާގައި ޓެކްސް ނެގޭ ހަރަކާތެއް ހިންގާ ނަމަ، އެ ފަރާތްތަކުން 1 އޮކްޓޫބަރު 2017ގެ ކުރިން ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރަންޖެހޭނެކަމަށް މީރާއިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް