އެޕަލްގެ ފޯނުތަކުގެ އެތެރޭގެ ސާމާނުތަކާއި ބެހޭގޮތުން އެޕަލް އިން އަބަދުވެސް މާކަ ގިނަ ވާހަކައެއް ދައްކާ ނޫޅެ އެވެ. އެގޮތުން އެޕަލް އައިފޯނު އެކްސްގައި ހިމަނާފައި ވަނީ ކިހާވަރެއްގެ ރެމް އެއް ކަމާއި ކިހާ ވަރެއްގެ ބެޓެރީއެއްކަން ކުރީން އޮތީ ނުއެނގުމެއްގެ ތެރޭގަ އެވެ.
ނަމަވެސް ޗައިނާގެ ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ "ޓެނާ"އިން މިވަނީ އެ މައުލޫމާތުތައް އާންމު ކޮށްފަ އެވެ.
ޓެނާއިން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އައިފޯނުގެ އެކްސްގައި ހިމާނާފައިވަނީ 3 ޖީބީގެ ރޭމް އެކެވެ. ބެޓެރީ އަކީ 2716 އެމްއޭއެޗްގެ ބެޓެރީ އެކެވެ.
ތިން ޖީބީގެ ރޭމްއަކީ މިހާރު އާންމު އެއްޗެކެވެ. ބައެއް އެންޑްރޮއިޑް ފޯނުތަކުގައި 4 ޖީބީގެ ރޭމްވެސް ހިމަނާފައި ހުރެ އެވެ. ނަމަވެސް ބެޓެރީއަށް ބަލާލާއިރު މިއީ އައިފޯނެއްގައި ހިމަނާފައިވާ ދެވަނައަށް އެންމެ ބާރުގަދަ ބެޓެރީ އެވެ. އެންމެ ބާރުގަދަ ބެޓެރީއެއް ހިމަނާފައިވަނި އައިފޯނު 7 ޕްލަސްދަ އެވެ. އެއީ 2900 އެމްއޭއެޗްގެ ބެޓެރީ އެކެވެ.
އައިފޯނު ލޯންޗިން އިވެންޓްގައި އެޕަލްއިން ބުނެފައިވަނީ އައިފޯނު 7 އަށްވުރެ އައިފޯނު އެކްސްގެ ބެޓެރީ އިތުރު ދެގަޑިއިރު ހިފަހައްޓާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް