ޓްވިޓާ ބޭނުންކުރާ ގިނަ ބައެއްގެ އަބަދުވެސް ޝަކުވާއަކަށް ވެފައި އޮންނަނީ ޓްވީޓްގައި ލިޔާ ލިޔުންކޮޅު 140 ކެރެކްޓާރ އަށް ލިމިޓް ކޮށްފައި އޮންނަ އޮތުމެވެ. އަދި އެ އަދަދަށް ޓްވީޓް ކުރުކުރަން ކުރާ މަސައްކަތް ވެފައި އޮންނަނީ ޓްވީޓް ކުރާ ފަރާތްތަކަށް ބޮޑު ބޮލު ރިހުމަކަށްވެފަ އެވެ.
ނަމަވެސް ޓްވީޓް ކުރާ ފަރާތްތަކަށް މިއަދު މިއޮތީ އުފާވެރި ހަބަރެކެވެ. އެއީ 140 ލިމިޓް ޓްވިޓާއިން ޑަބަލް ކޮށްލަން އެކަން ޓެސްޓް ކުރަމުން އަންނަ ވާހަކަ އެވެ. ޓްވިޓާގެ ބްލޮގް ޕޯސްޓެއްގައި މިކަން އެ ކުންފުނިން ވަނީ އިއުލާނު ކޮށްފަ އެވެ. އެ ބްލޮގްޕޯސްޓްގައި ބުނެފައިވަނީ ކެރެކްޓަރ ގެ އަދަދު 140 އިން 280 އަށް ބަދަލުކޮށް އެކަން ޓެސްޓް ކުރަން ފަށާފައިވާކަމަށެވެ.
ޓްވިޓާއިން ބުނެފައިވަނީ މި ޓެސްޓް ކުރަން ނިންމީ ޓްވީޓްގައި 140 ކެރެކްޓަރ ލިމިޓް އިނުމުން ޓްވިޓާ ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް