މިޔަންމާގައި ރޮހިންގާ މުސްލިމުން މަރަމުން އަންނައިރު އެ އަމަލަކީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށް އދ އިން ބުނެފައިވާއިރު މިޔަންމާއަށް ހަތިޔާރު ވިއްކުން ހުއްޓައިނުލާނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އިޒްރޭލުން މިހެން ބުނެފައިވަނީ އިޒްރޭލުން މިޔަންމާއަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގޮވާލައި އެގައުމުގެ ކޯޓަށް ބަޔަކު ޕެޓިޝަނެއް ފޮނުވާފައިވަނިކޮށެވެ.
އިޒްރޭލަކީ މިވަގުތު މިޔަންމާގެ އަސްކަރިއްޔާއަށް ވާގިވެރިވާ އަދި ހަތިޔާރު ވިއްކާ ހަމަ އެކަނި މެދުއިރުމަތީގެ ގައުމެވެ. މިޔަންމާ އަސްކަރިއްޔާއަށް ހަތިޔާރު ވިއްކުމުގައި އެންމެ ކުރީގައި އުޅެނީ އިޒްރޭލާއި ޗައިނާ އަދި އިންޑިއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް