މިޔަންމާގައި ރޮހިންގާ ދަރިކޮޅުގެ މުސްލިމުން މަރަން ފެށުމުން ހަތަރު ލައްކައަށްވުރެ ގިނަ ރޮހިންގާ މުސްލިމުން ހިމާޔަތް ހޯދީ އަވަށްޓެރި ބަންގްލަދޭޝް އިންނެވެ. އޮގަސްޓް 25 އިން ފެށިގެން މިހާތަނަށް ހަތަރު ލައްކަ ތިރީސް ހާހަށްވުގެ ގިނަ މުސްލިމުން މިޔަންމާއިން ބަންގްލަދޭޝް އަށް ގޮސްފައިވާއިރު އެމީހުން ހިމާޔަތް ހޯދަން ދަތުރުކުރީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރަށެވެ. އެ ސަރަހައްދުގައި ރެފިއުޖީ ކޭމްޕްތައް ހުންނާތީ އެވެ.
ނަމަވެސް އެ ކޭމްޕްތަކަކީ ތިން ލައްކައިގެ އާބާދީއަކަށް ބިނާކޮށްފައިވާ ކޭމްޕްތަކަކަށްވާއިރު އަދި އޮގަސްޓް 25 ގެ ކުރީންވެސް އެ ކޭމްޕްތަކުގައި ދެ ލައްކަ މީހުން ރެފިއުޖީންގެ ގޮތުގައި އުޅެމުން އަންނާތީ ފަހުން ބަންގްލަދޭޝް އަށް ދިޔަ ރޮހިންގާ މުސްލިމުންނަށް ޖެހުނީ ކަށިން ގަދަ ހިތްވަރު ނެރެ އަމިއްލައަށް ބޯހިޔާވަހިކަން ހޯދާށެވެ. ތިރީގައިވާ ފޮޓޯތަކުން ފެންނަނީ ރޮހިންގާ މުސްލިމުންގެ ހިތްވަރެވެ. އެމީހުންގެ ބޯހިޔާވަހިކަން ހޯދުމަށް އަމިއްލައަށް ބިނާކުރާ ގެތަކެވެ. ނުވަތަ ފޭލި ތަކެވެ.
މިއީ އަލްޖަޒީރާ ނޫހުގައި ހުރި ފޮޓޯތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް