މީ ޖޯކެއް ނޫން، ދެ ބުރީގެ މި ގެ ބައްލަވައިގަތުމުން އަތްނބެއް ހިލޭ !

އިންޑޮނޭޝިޔާގެ ވެސްޓް ޖާވާގައި ވިއްކާ ދެބުރި އިމާރާތެއް ތަފާތު އޮފާއަކާއެކު ވިއްކަން އިއުލާނު ކޮށްފިއެވެ. އެ އޮފާއަކީ ގެ ބައްލަވައިގަންނަ ފަރާތަކަށް އަތްނބަކު ހިލޭ ލިބުމެވެ. މި ގޭގެ ވެރިޔާ، އުމުރުން 3...

27 Aug 2020 | 17:11

އިންޑޮނޭޝިޔާގެ ވެސްޓް ޖާވާގައި ވިއްކާ ދެބުރި އިމާރާތެއް ތަފާތު އޮފާއަކާއެކު ވިއްކަން އިއުލާނު ކޮށްފިއެވެ. އެ އޮފާއަކީ ގެ ބައްލަވައިގަންނަ ފަރާތަކަށް އަތްނބަކު ހިލޭ ލިބުމެވެ.

މި ގޭގެ ވެރިޔާ، އުމުރުން 31 އަހަރުގެ އަންހެން ކަނބަލެއް ކަމަށްވާ އަޔޫ ނޯވީ އަސްތިއާނާ ބުނެފައިވަނީ 52 ސްކޮޔަރ މީޓަރުގެ، ދެ ބުރިއަށް އިމާރާތްކޮށްފައިވާ މި ގެ ވިއްކަނީވެސް ވަރަށް ހެޔޮ ކޮށް ކަމަށާއި ހަމަ އެންމެ 23 ހާސް ތިން ސަތޭކަ ޑޮލަރަށް ކަމަށެވެ. އަގު ހެޔޮވުމުގެ އެއް އަސްލަކީ ގެއާއެކު ހިލޭ އަތްނބެއް ލިބުން ކަމުގައި އޭނާ ބުނެފައިވެއެވެ.

ދަރިއަކު ހުރި، މި އަންހެން މީހާގެ މި އޮފާއަށް ފާޑުކިޔާ މީހުން ބުނަމުން އަންނަނީ މި އަންހެން މީހާގެ މަގްސަދަކީ އެއް ދޮނުގައި ދެބުޅި ޖަހާލައިގެން ފިރިއަކު ހޯދުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް