ކޯވިޑަށް މިއަދުވެސް ރާއްޖެއިން 104 މީހަކު ޕޮޒިޓިވް

ކޯވިޑް-19 އަށް މިއަދު ރާއްޖެއިން 104 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު 104 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 76 މީހުނ...

27 Aug 2020 | 17:06

ކޯވިޑް-19 އަށް މިއަދު ރާއްޖެއިން 104 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު 104 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 76 މީހުންނަކީ ދިވެހިންނެވެ. 22 މީހުންނަކީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. އިތުރަށް އިންޑިއާގެ ފަސް މީހަކާއި ނޭޕާލު ރައްޔިތަކު މިއަދު ޕޮޒިޓިވް ވެފައިވެއެވެ.

މިއަދުގެ އަދަދަކީ އިއްޔެގެ އަދަދަށްވުރެ ދަށް އަދަދެކެވެ. ނަމަވެސް މިހާރަކަށް އައިސް ދުވާލެއްގެ މައްޗަށް ކޯވިޑް ޖެހޭ އަދަދު އުޅެނީ 100 އިން މަތީގައެވެ.

މިއަދު 104 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރާއްޖެއިން ޕޮޒިޓިވްވި ޖުމްލަ އަދަދު މިހާރު މިވަނީ 7329 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް