ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނައިބުރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.
ނައިބުރައީސް އެއާޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމާއި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލްގެ އިތުރުން އެއާޕޯޓްގެ ސްޓޭކްހޯލްޑަރުންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ވެރިން ބައިވެރިވެލެއްވިއެވެ.
https://twitter.com/presidencymv/status/1298990168477593609
ނައިބުރައީސް އެއާޕޯޓަށް ޒިޔާރަތް ކުރައްވައި ކަންކަން ބައްލަވާލެއްވިއިރު، ކޯވިޑް-19 ގެ ފުރަބަންދަށްފަހު އެއާޕޯޓު ހުޅުވާލާފައިވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުގައެވެ ހުޅުވާލި ފަހުން ދެ މަސް ވާން ގާތްވެފައިވާއިރު ކުރިއާ އަޅާ ބަލާއިރު، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިންތިހާއަށް ދަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް