ފިލިޕީންސުގެ އަވަށެއްގައި ފާތިމާ ޑޯސް ވިލެޖުގައި ކޯވިޑު ފެތުރުން ހުއްޓުވުމާއި ބެހޭގޮތުން ޒޫމް މެދުވެރިކޮށް ކުރިއަށްގެންދިޔަ ކޮންފަރެންސެއްގައި، އެ ވިލެޖުގެ ކެޕްޓަންގެ ސިއްރު ގުޅުމެއް ފަޅާ އަރައިފިއެވެ.
އެ ކޮންފަރެންސް ފެށިގެން ކުރިއަށްދަނިކޮށް، އެ ވިލެޖުގެ ކެޕްޓަން ވަނީ އެއް ކެމެރާ އޮފް ކޮށްލާފައެވެ. ނަމަވެސް ދެވަނަ ކެމެރާއެއް (ބެލެވޭ ގޮތުގައި ފޯނުގެ ކެމެރާ) އޮން ކަމެއް އޭރަކު އެ ކެޕްޓަނަކަށް ނޭނގުނެވެ.
އަވަށުގެ އިސް ވެރިން އެ ކޮންފަރެންސްގައި ތިބި އިރު، އަވަށުގެ އެންމެ އިސްވެރިޔާ ކެމެރާ އޮފް ކޮށްލުމަށްފަހު، އަވަށު އޮފީހުގެ ޓްރެޒަރާއެކު ނުބައި ގުޅުމެއްގެ ހަރަކާތްތަކެއް ކުރިއަށްގެންދިޔައެވެ.
މުޅި ހަރަކާތް ދެން ތިބި ބައިވެރީންނަށް ފެނުނުކަން އެނގުނީ އޭގެން ބައިވެރިއަކު އަވަށުގެ ކެޕްޓަނަށް ގުޅާ އެކަން ހާމަކުރުމުން ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި އަމަލާއި ގުޅިގެން އަވަށުގެ ކެޕްޓަން އަދި އެ އޮފީހުގެ ޓްރެޒަރަރ ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދީފައެވެ. އެ ދެމީހުންނަކީވެސް މީހުންނާ އިނދެ ދަރިންވެސް ތިބި ދެމީހުން ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް