ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ގައިދީއަކާއި އިތުރު ފަސް ބިދޭސީއަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ކަރެކްޝަންސްގެ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ގައިދީއަކާއި ފަސް ބިދޭސީއަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެގޮތުން ކަރެކްޝަންސުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕޮޒިޓިވް ވެފައިވާ ފަސް ބިދޭސީނ...

27 Aug 2020 | 12:53

ކަރެކްޝަންސްގެ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ގައިދީއަކާއި ފަސް ބިދޭސީއަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެގޮތުން ކަރެކްޝަންސުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕޮޒިޓިވް ވެފައިވާ ފަސް ބިދޭސީންނަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެގެން ފުރުވާލެވެންދެން ބޭތިއްބިފައިތިބި ފަސް ބިދޭސީއެއް ކަމަށެވެ.

އަދި ދެން ޕޮޒިޓިވް ވެފައިވަނީ އެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއއް ކަމުގައި އެޗްޕީއޭއިން އަންގާފައިވާކަމަށެވެ.

"ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް މި ވައިރަސް ވަދެފައިވާކަމަށް ބެލެވެނީ އަލަށް ގެނެވުނު ބިދޭސީންގެ ފަރާތުންނެވެ. މިހާތަނަށް ޖުމްލަ 10 އޮފިސަރުންނާއި 02 ނަރުހުންގެ އިތުރުން، އިތުރު 19 ޑިޓެއިނީ އާއި 01 ގައިދީއެއްގެ ސާމްޕަލް ވަނީ ނެގިފައެވެ" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސާވިސްއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޖަލުތަކުގައި މެދު ކެނޑުމެއްނެތި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް