މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އަންނާނެކަމަށް އަންދާޒާ ކުރެވޭނީ 120000 ފަތުރުވެރިން: މިނިސްޓަރ މައުސޫމް

މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެއްލައްކަ ވިހި ހާސް ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް ލަފާކުރެވޭކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މަ...

27 Aug 2020 | 12:30

މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެއްލައްކަ ވިހި ހާސް ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް ލަފާކުރެވޭކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ، ބޯޑަރު ހުޅުވާލުމާއެލު މިމަހުގެ ނިޔަލަށް 6000 ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފައިވާ ކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތު ރަނގަޅުވެއްޖެ ނަމަ މިއަހަރު ރާއްޖެ އަންނާނެ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށާއި ނަމަވެސް މިހާރުގެ ހާލަތަށް ބެލުމަށްފަހު މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އަންނާނެކަމަށް އަންދާޒާ ކުރެވޭނީ 120000 (އެއް ލައްކަ ވިހި ހާސް) ފަތުރުވެރިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު މަދު ނަމަވެސް މިހާރު ރާއްޖޭގައި ހޭދަކުރާ ދުވަސްތައް އިތުރުކަމަށާއި މުސްތަޤުބަލުގައިވެސް ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރާ ދުވަސްތައް އިތުރުވާނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރިޒޯޓްތަކަށާއި، ސަފާރީތަކަށް އަދި ގެސްޓްހައުސްތަކުގެ އިތުރަށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި އެހެނިހެން ދާއިރާތަކަށް ފައިދާވާނެކަމަށްވެސް ޓުއަރިޒމް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ވަނީ ދަށަށްގޮސްފައެވެ. އަދި ބޯޑަރު ހުޅުވާލިކަމުގައި ވީނަމަވެސް ދުނިޔޭގައި ފެތުރެމުންދާ މި ބަލިމަޑުކަމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުދެވެސް މަދުވާނޭކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް