ދަރިފުޅުގެ އިތުރުން، އިތުރު ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ދަރިފުޅުގެ އިތުރުން، އިތުރު ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފިއެވެ. މިފަދަ މައްސަލައެއްގައި އުމުރުން 45 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ ތ. އަދި ލ. އަތޮޅު ހިމެނޭ...

27 Aug 2020 | 12:28

ދަރިފުޅުގެ އިތުރުން، އިތުރު ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފިއެވެ.

މިފަދަ މައްސަލައެއްގައި އުމުރުން 45 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ ތ. އަދި ލ. އަތޮޅު ހިމެނޭ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޒަނުންނެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ އަންހެން ދަރިފުޅުގެ އިތުރުން، 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ބުނެ 25 އޯގަސްޓްގައި ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.

މި މީހާގެ މައްސަލައިގެ ތަހުގީގު ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް