މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރާނެ

މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އަޟްޙާ ޢީދުގެ ޢީދު ނަމާދު ނުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މި ނިންމުން އެ މިނިސްޓްރީން ނިންމާފައިމިވަނީ ކޯވިޑް-19ގެ ނުރައްކާ އަދިވެސް މާލެ ސަރަހައ...

27 Jul 2020 | 14:31

މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އަޟްޙާ ޢީދުގެ ޢީދު ނަމާދު ނުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މި ނިންމުން އެ މިނިސްޓްރީން ނިންމާފައިމިވަނީ ކޯވިޑް-19ގެ ނުރައްކާ އަދިވެސް މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް އޮތަތީ، ގިނަ ބަޔަކު އެއްވުމަކީ ރައްކާތެރިކަމަކަށް ނުވާތީއެވެ.

އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ނިންމާފައިވާއިރު މި އަހަރުގެ ފިޠުރު ޢީދު ނަމާދު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކޮށްފައެއް ނުވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން އިއުލާނުކުރި ފުރަބަންދަށް މިހާރު ބޮޑެތި ލުއިތަކެއް ދީފައިވާއިރު، މި ފަހަކަށް އައިސް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް