ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ސެޕްޓެމްބަރ އިންޓޭކާގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ އޯޕަން ޑޭ ވަރޗުއަލްކޮށް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރުގެ އޯޕަން ޑޭ ޒޫމް މެދުވެރިކޮށް ވަރޗުއަލްކޮށް މާދަމާ ބާއްވާއިރު، ޔުނިވަރސިޓީގެ ކުރިއަށްއޮތް ސެމިސްޓަރގައި މައިގަނޑު 9 ދާއިރާއަކުން ޖުމްލަ 53 ކޯހަކަށް ކުރިމަތިލާން ހުޅުވާލާފައިވާކަމަށް އެ ޔުނިވާސިޓީއިން ބުނެއެވެ. އަދި މި ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އަދި މި ހަރަކާތުގައި އެ ޔުނިވަރސިޓީގެ ކޯސްތަކާގުޅޭ ތަފާތު މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ކޯސްތަކަށް ޝަޢުގުވެރިވާ ފަރާތްތަކަށް ޒޫމް މެދުވެރިކޮށް ބައިވެރިވެވޭނެކަމަށާއި، ކޯސްތަކާއި، ރަޖިސްޓްރޭޝަންގެ ކަންކަމާއި އަދި ޔުނިވަރސިޓީގެ ފެސިލިޓީތަކާގުޅޭގޮތުން ސުވާލެއްއޮތްނަމަ އެކަންކަން އޮޅުން ފިލުވުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށެވެ.
އައި.ޔޫ.އެމްގެ މިހަރުގެ ދެވަނަ ސެމިސްޓަރގެ ކޯސްތަކަށް މާލޭ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއާއި، ލ. ފޮނަދޫއާއި، ޅ. ނައިފަރު އަދި ހދ. ހަނިމާދޫ އައި.ޔޫ.އެމްގެ ކެމްޕަސްތަކުންވެސް ކުރިމަތިލުމުގެ ފުރުޞަތު އެ ޔުނިވަރސިޓީން ވަނީ ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް