ރާއްޖެ އައި ފަތުރުވެރިއަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެ އައި ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ ބޯޑަރު ހުޅުވާލިފަހުން، ފުރަތަމަ ފަހަރަށް ރާއްޖެއިން ފަތުރުވެރިއަކު ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ. ދުވަހަށް މައުލޫމާތުދެއްވަމުން، ހެލ...

27 Jul 2020 | 09:34

ރާއްޖެ އައި ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއީ ބޯޑަރު ހުޅުވާލިފަހުން، ފުރަތަމަ ފަހަރަށް ރާއްޖެއިން ފަތުރުވެރިއަކު ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އެ ފަތުރިވެރިޔާ ޕޮޒިޓިވްކަން މިއަދު އެނގިފައިވާއިރު މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކަމަށެވެ.

ތަސްލީމާ އިތުރަށް ވިދާޅުވީ އެއީ އެމެރިކާއަށް ނިސްބަތްވާ ފަތުރުވެރިއެއް ކަމަށާއި އޭޏާ ހުރީ ޗެވަލް ބްލާންކް ރަންދެލި ރިސޯޓުގައި ކަމަށެވެ. އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އޭނާ އެކަހެރި ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް