އިނގުރައިދޫން ދެމީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ރ. އިނގުރައިދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ރ. އިނ...

27 Jul 2020 | 09:05

ރ. އިނގުރައިދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ރ. އިނގުރައިދޫން ދެ ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށާއި އެ ދެ ބިދޭސީން ޕޮޒިޓިވް ވީ ރިލީޒް ސާމްޕަލުން ކަމަށެވެ.

ރިލީޒް ސާމްޕަލް ނަގަނީ ހޯމް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިންނެވެ.

ޕޮޒިޓިވްވި މި ދެ ބިދޭސީންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް